ރައްޔިތުންނާއި ގައުމުގެ ސަލާމަތަށް ވިސްނައި، ރައްޔިތުންގެ ޚިދުމަތުގައި ފުލުހުން އަބަދުވެސް ތިބޭނީ ތައްޔާރަށް: ނަވީން

ސަން

26 ޖުލައި 2025 | ހޮނިހިރު | 1:15

ރައްޔިތުންނާއި ގައުމުގެ ސަލާމަތަށް ވިސްނައި، ރައްޔިތުންގެ ޚިދުމަތުގައި ފުލުހުން އަބަދުވެސް ތިބޭނީ ތައްޔާރަށް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން މިއަދު ވިދާޅުވެއްޖެއެވެ.

ނަވީން އެފަދައިން ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ފުލުހުންނާއި ސިފައިންނާ ބައްދަލުކުރެއްވުމަށް ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ނަވީން ވިދާޅުވީ، މުޖުތަމައުގެ އަމާންކަން ރައްކާތެރިކޮށްދިނުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށެވެ. މިގޮތުން، ފުލުހުންގެ ކޮންމެ ޔުނީފޯމަކުން ދައްކައިދެނީ ގައުމާއި ރައްޔިތުންނަށްޓަކައި ކޮށްދެވޭ ޚާއްސަ މަސައްކަތެއް ކަމަށާއި ފުލުހުންގެ ކޮންމެ ހަރަކާތަކީ މުޖުތަމައުއަށް އަންނަ ބަދަހިކަމެއް ކަމަށް ނަވީން ވިދާޅުވިއެވެ.

މައުޟޫޢުތަށް