އެމްޑީޕީ ހިމެނޭހެން މޯދީ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި
ސަން
26 ޖުލައި 2025 | ހޮނިހިރު | 2:44
ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
އެގޮތުން، އިދިކޮޅު އެމްޑީޕީއާ މޯދީ ބައްދަލުކުރެއްވީ ވަކިންނެވެ. އެބައްދަލުވުމުގައި ވަނީ، އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި އެމްޑީޕީގެ ރައީސް ޝާހިދު ބައިވެރިވެވަޑައިގެންފައެވެ.
އޭގެއިތުރަށް އެހެން ޕާޓީތަކުގެ އިސްވެރިންނާ ވެސް މޯދީ ބައްދަލުކުރެއްވިއެވެ. އެ ބައްދަލުކުރެއްވުމުގައި އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުޙައްމަދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބައިވެރިވެވަޑައިގަތެވެ. އަދި، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް މުހައްމަދު ނާޒިމް އެ ބައްދަލުކުރެއްވުމުގައި ބައިވެރިވަޑައިގެންނެވިއެވެ.