އުޅަނދު ނުދުއްވޭ ގޮތަށް ނިންމި ނިންމުން ބާތިލުކޮށްފި
ސަން
26 ޖުލައި 2025 | ހޮނިހިރު | 3:19
މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން ހުކުރު ދުވަހުން ފެށިގެން ތިން ދުވަހުގެ ވަކި ގަޑިތަކެއްގައި މާލޭގައި އެއްގަމު އުޅަނދު ނުދުއްވޭ ގޮތަށް ޓްރާންސްޕޯޓު މިނިސްޓްރީން ކުރި އިއުލާނު މިއަދު ބާތިލުކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ އިއްޔެ 13:00 އިން 18:00 އަށް މާލޭގައި ބަރު އުޅަނދު ދުއްވުން މަނާ ވާނެ ކަމަށެވެ. އަދި މިއަދު 15:00 އިން 18:30 އަށް ހުރިހާ ބާވަތެއްގެ އުޅަނދު ދުއްވުން އެ އިއުލާނުގައި އޮތީ މަނާ ކޮށްފައެވެ. އަދި މާދަމާރޭ 18:00 އިން 00:00 އަށް ބަރު އުޅަނދު ދުއްވުން ވެސް އޮތީ މަނާ ކޮށްފައެވެ.
ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ވަނީ އެ އިއުލާން ބާތިލުކޮށްފައެވެ.