މިރޭގެ ތާރީޚީ ހަވާ އަރުވާ ވަގުތު ފަސްކޮށްފި!

ސަން

26 ޖުލައި 2025 | ހޮނިހިރު | 8:02

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އައު ޓާމިނަލް ހުޅުވުމާ ގުޅިގެން 19 ސަރަހައްދެއްގައި ހަވާ އަރުވަން ނިންމި ވަގުތު ފަސްކޮށްފިއެވެ.

އެމްއެންޑީއެފުން ރޭ ބުނީ، ހަވާ އަރުވާނީ މިރޭ 8:30ގައި ކަމަށެވެ. ނަމަވެސް، މިރޭ އެމްއެންޑީއެފުން ބުނީ، ހަވާ އަރުވާ ވަހުތު މިރޭ 21:40އަށް ފަސްވެފައި ވާކަމަށެވެ.

މާލޭ ވަށައިގެން ޖުމުލަ 19 ސަރަހައްދެއްގައި ހަމިނެޓަށް މިރޭ ހަވާ އަރުވާނެއެވެ.

މައުޟޫޢުތަށް