ބައުވެ، ފެން ފޭބި ކްރިމިނަލް ކޯޓު ހިންގަން ބިނާކުރި އައު އިމާރާތް ހުޅުއްވައިދެއްވައިފި

ސަން

27 ޖުލައި 2025 | އާދިއްތަ | 5:43

ޖާގައިގެ ދަތިކަމާއި، ފެން ފޭބުމުގެ ސަބަބުން ކްރިމިނަލް ކޯޓުގެ ކަރަންޓުގެ ނިޒާމަށް ފެނުގެ އަސަރުކޮށް، ކޯޓު ރޫމުގެ ހާލަތު ގޯސްވެ އެކަމަށް އެތައް ދުވަހެއް ފަހުން ދާއިމީ ހައްލެއް މިއަދު ލިބިއްޖެއެވެ.

ރާއްޖޭގެ 60ވަނަ މިނިވަން ދުވަހާ ގުޅުވައި ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ހުޅުމާލެ، ޖަސްޓިސް ބިލްޑިން އެނެކްސްގައި ގާއިމުކޮށްފައިވާ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު ރަސްމީކޮށް ހުޅުވައިދެއްވައިފައެވެ. ކޯޓު އިމާރާތް ހުޅުވުމުގެ ގޮތުން ދިވެހިރާއްޖޭގެ ދިދައާއި ޝަރުއީ ދާއިރާގެ ދިދަ ވަނީ އެ އިމާރާޓުގައި ނަގައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއަށްފަހު އެ އިމާރާތުގައި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ ހުރިހާ ޑިވިޝަންތަކެއް ހިންގާނެއެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ 10 ކޯޓު ރޫމެއް އެ އިމާރާތުގައި ހުރިއިރު، އެ ކޯޓުގެ 11 އިދާރީ ސެކްޝަނެއް ހިންގާނެއެވެ. ހަމައެއާއެކު ޑްރަގް ކޯޓަށް ފަސް ކޯޓު ރޫމެއް އެ އިމާރާތުގައި ވަނީ ޚާއްސަކޮށްފައެވެ.

މައުޟޫޢުތަށް