އަބްދުއްރަހްމާންގެ މަރަށް 15 ދުވަސް، ޕޯސްޓްމޯޓަމްގެ ނަތީޖާ އަދި ނުލިބޭ

ސަން

28 ޖުލައި 2025 | ހޯމަ | 10:37

މި މަހުގެ 13 ވަނަ ދުވަހުގެ ދަންވަރު އއ. މާޅޮހުގައި މަރާލި, އެ ރަށު އޯކިޑުމާގޭ އަބްދުއްރަހްމާން އާދަމްގެ މަރުގެ މައްސަލައިގައި ދޭނެ އިތުރު އަދާހަމައެއް އަދި ނެތް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

އުމުރުން 65 އަހަރުގެ އަބްދުއްރަހްމާންގެ ބޮލަށް ރަހުމު ކުޑަ އަނިޔާތަކެއް ދިންކަން އެނގިގެން އޭނާއަށް ފަރުވާދޭން މާޅޮހުގެ ސިއްހީ މަރުކަޒަށް ގެންދިޔަކަމަށް ފުލުހުންނަށް ރިޕޯޓުކުރީ 13 ވަނަ ދުވަހުގެ ރޭ ދަންވަރު 1:50 ހާއިރެވެ. އޭނާ މަރުވީ ފަތިހުގެ ވަގުތެއްގައި ސިއްހީ މަރުކަޒުގައި ފަރުވާ ދެނިކޮށެވެ.

އޭގެ ފަހުން، މިދިޔަ ހަފުތާގެ ހޯމަ ދުވަހު އަބްދުއްރަހްމާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވާލުމަށް ފަހު ބުދަ ދުވަހުގެ ރޭ 7:50 ހާއިރު މާލެއަށް ހަށިގަނޑު ގެނައުމަށް ފަހު، ބުރާސްފަތި ދުވަހު ވަނީ ވަޅުލައިފައެވެ.

މައުޟޫޢުތަށް