ވައުދުފުޅާ އެއްގޮތަށް މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި އާރްޓީއެލް ފަށައިފި
ސަން
28 ޖުލައި 2025 | ހޯމަ | 10:45
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މި ހިނގާ ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް މިއަދު ފަށައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން "އެކްސް"ގައި މިއަދު ކުރި ޕޯސްޓެއްގައިވާ ގޮތުން، އާރުޓީއެލް ފެރީގެ ބ. އަތޮޅުގައި މިއަދު ފަށާފައިވާ ކަމަށާއި އެއާއެކު ބ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް ވެސް ފެރީގެ ނިޒާމުން ގުޅާލެވިގެން ދާނެ ކަމަށެވެ.
މީގެ ހަތަރު ދުވަސް ކުރިން މިނިސްޓްރީން ކުރި އިއުލާނެއްގައިވާ ގޮތުން، އެ އަތޮޅުގެ ރައްޔިތުންނަށް ފެރީގެ ޚިދުމަތްތަކާ އަހުލުވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން އަންނަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރުތައް ކުރިއަށްދާނެއެވެ.