މަސްތުވެ، އަމިއްލަ ކޮޓަރީގައި ރޯކޮށްލުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
ސަން
28 ޖުލައި 2025 | ހޯމަ | 11:58
މީހަކު އަމިއްލަ ގޭގެ ކޮޓަރީގައި ރޯކޮށްލުމުގެ ސަބަބުން ކޮޓަރީގައި ހުރި ގިނަ ތަކެތި ބޭނުންނުކުރެވޭ ވަރަށް ރޭ އަނދައިފިއެވެ.
ފުލުހުން ބުނީ، އދ. އޮމަދޫގެ ގެއެއްގައި މަސްތުގެ ހާލަތުގައި ހުރިކަމަށް ބެލެވޭ މީހަކު ހަޑިހުތުރު ބަހުން އަޑުގަދަކޮށް ތަކެއްޗަށް ގެއްލުންދީ، އަމިއްލަ ގޭގެ ކޮޓަރީގައި ރޯކޮށްލި ކަމަށް ބުނާ މައްސަލައެއް ރޭ 9:30 ވަނިކޮށް ފުލުހުންނަށް އެ ރަށުން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ އދ. އޮމަދޫ / ސްޓެއްލާ، އަހްމަދު ނާފިއު (32އ) އެވެ.