ފާއިޒް މިފަހަރު ރާއްޖޭގެ ކުރެހުންތައް ގުޅުވައިލީ އިހުސާސްތަކާ
ސަން
28 ޖުލައި 2025 | ހޯމަ | 9:33
ރާއްޖޭގައި އެތައް ބައިވަރު ކުރެހުންތެރިން އުޅެއެވެ. އެ މީހުންގެ މައުރަޒުތައް ވެސް ބާއްވައެވެ. އެކަމަކު، އަންނަ މަހު ފަހެއްގައި ހުޅުވާ އަބްދުﷲ ފާއިޒްގެ 'އިހުސާސް' މައުރަޒު ވަރަށް ތަފާތު ވާނެއެވެ. އެއީ، އެހެން ކުރެހުންތެރިންނަށް ވުރެ ޚާއްސަ ގޮތަކަށް ފާއިޒް މި މައުރަޒު ސިފަކޮށްދެއްވާތީއެވެ.
މިހާތަނަށް ހަތަރު މައުރަޒެއް ބާއްވަވާފައިވާ ފާއިޒް މި ފަހަރު އޭނާގެ ކުރެހުންތައް ގުޅުވައިލަ ދެއްވީ އިހުސާސްތަކާއެވެ. އެއީ ވެސް ވަރަށް ތަފާތުކޮއްވެ.
މި މައުރަޒުގެ ނަމަކީ "އިހުސާސް"އެވެ. މި ނަން ފެނުމުން ކުރެހުންތަކަކާ އެ ނަމާ ހުރި ގުޅުމަކީ ކޮބައިބާއޭ ހިތަށްއަރައެވެ. އެހެންވެ، އެ ސުވާލުގެ ޖަވާބު ސާފުކޮށްލުމަށް ފާއިޒާ ސުވާލުކޮށްލީމެވެ.