ކައިވެނި ޕާޓީއަކަށް ރާއްޖޭގައި ހުންނަވަނިކޮށް ނަމާލް ހައްޔަރުކުރަން އަމުރެއް ނެރެފި
ސަން
28 ޖުލައި 2025 | ހޯމަ | 4:21
އަވައްޓެރި ސްރީ ލަންކާގެ ކުރީގެ ޔޫތު މިނިސްޓަރު އަދި، އެ ގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން ކައިވެނި ޕާޓީއަކަށް ދިވެހިރާއްޖޭގައި ހުންނަވަނިކޮށް، އޭނާ ހައްޔަރުކުރުމުގެ އަމުރެއް ލަންކާގެ ހަންބަންޓޯޓާގެ މެޖިސްޓްރޭޓް ކޯޓުން މިއަދު ނެރެފިއެވެ.
މި އަމުރު ނެރުނުއިރު ނަމާލް ވަނީ މިއަދު ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ ވެސް ރާއްޖެ ވަޑައިގެން ފްލައިޓުގައި ރާއްޖެ ވަޑައިގެންފައެވެ. ލަންކާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ ރާއްޖެ ވަޑައިގަތީ މި ގައުމުގައި އޮތް ކައިވެނި ޕާޓީއެއްގައި ބައިވެރިވާށެވެ.
އެ ގައުމުގެ ނޫސްތަކުގައި ވާގޮތުން ދެ ބޭފުޅުން ވެސް މިއަދު ރާއްޖެ ވަޑައިގަތީ ސްރީލަންކަން އެއާލައިންސްގެ ފްލައިޓް ޔޫއެލް - 101 ގެ ބިޒްނަސް ކަލާހުގައެވެ.