ޖަރުމަނު ފަތުރުވެރިޔާ "މާމާ" ވިލުރީފަށް 46 ވަނަ ފަހަރު، މަރުހަބާކީ ޖެޓް ކާރުގައި
ސަން
28 ޖުލައި 2025 | ހޯމަ | 9:30
ސަން ސިޔާމް ރިސޯޓްސްގެ ވިލުރީފް ރިސޯޓަށް ޒިޔާރަތްކުރާ ޖަރުމަނު ފަތުރުވެރިޔާ ބާބެލް ގާޑް ރިޗާ ނުވަތަ "މާމާ" 46 ވަނަ ފަހަރަށް އެ ރިސޯޓަށް ޒިޔާރާތްކޮށްފިއެވެ.
ރާއްޖޭގެ މިނިވަން ދުވަސް ކަމަށްވާ މިދިޔަ ހޮނިހިރު ދުވަހު ވިލުރީފަށް މާމާ ޒިޔާރަތްކުރުމުން އެ ރިސޯޓުން ވަނީ، ޖެޓު ކާރުގައި ދިވެހި ސަގަފާތް ރަމްޒުކޮށްދޭ ގޮތަށް ހޫނު މަރުހަބާއެއް ކިޔަފާއެވެ.