އިންޑިއާގެ ނިކޮބާ އައިލެންޑްސްއަށް 6.2 މެގްނިޓިއުޑްގެ ބިންހެލުމެއް، ރާއްޖެއަށް ނުރައްކަލެއް ނެތް
ސަން
29 ޖުލައި 2025 | އަންގާރަ | 12:29
އިންޑިއާއާ ވަކިން އޮންނަ, އެގައުމުގެ ރަށްތަކެއް ކަމަށްވާ ނިކޮބާ އައިލެންޑްސްއަށް 6.2 މެގްނިޓިއުޓުގެ ބިންހެލުމެއް މިއަދު އަތުވެއްޖެއެވެ.
މި ބިންހެލުން އައިސްފައި ވަނީ ރާއްޖެ ގަޑިން ގާތްގަނޑަކަށް 23:41ހާއިރެވެ. މިކަމާ ގުޅިގެން ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، މި ބިންހެލުމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
މިއީ މާލެއާ 2215 ކިލޯމީޓަރު ދުރުގައި އޮންނަ ސަރަހައްދެކެވެ. މީގެ ކުރިން ވެސް މި ސަރަހައްދަށް ބިންހެލުންތައް އައިސްފައި ވެއެވެ.