މާލޭގެ ބާޒާރުން ފިޔާ ހުސްވެއްޖެ، ލިބޭނީ މިރެއިން ފެށިގެން
ސަން
29 ޖުލައި 2025 | އަންގާރަ | 5:37
އެމްޕީއެލްއިން މުދާ ކްލިއާ ކުރުން ލަސްވެ، މާލޭގެ ބާޒާރުން މިއަދު ފިޔާ ހުސްވެއްޖެއެވެ.
ވިޔަފާރިވެރިން ބުނި ގޮތުގައި، ފިޔާ ގެންނަ ބޯޓު މާލޭ ބަނދަރުގައި އޮތް ނަމަވެސް، މިނިވަން ދުވަހުގެ ބަންދާ ގުޅިގެން މުދާ ކްލިއާކުރުން ވަނީ މެދުކެނޑިފައެވެ.
އެހެންކަމުން މާލޭގެ ބޮޑެތި ބާޒާރުތަކުން މިވަގުތު ވަނީ ފިޔާ ހުސްވެފައެވެ. ފިޔާ ގަންނަން ލިބެނީ ކުދި ފިހާރަތަކުންނެވެ.