ލަންކާގެ ރައީސް، ވަކިވަކިން ބައެއް ވަޒީރުންނާ ބައްދަލުކުރައްވައިފި
ސަން
29 ޖުލައި 2025 | އަންގާރަ | 6:00
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބައެއް ވަޒީރުންނާއި އެކި މުއައްސަސާތަކުގެ އިސް ބައެއް ބޭފުޅުންނާ ވަކިވަކިން ބައްދަލުކުރައްވައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް މިވަގުތު ރާއްޖެ ވަޑައިގެން ހުންނެވި ޑިސަނަޔަކަ ވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލާއި، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމާ ބައްދަލުކުރައްވައިފައެވެ.
މީގެ އިތުރުން ފުލުހުންނާއި ސިފައިންނާއި އިމިގްރޭޝަންގެ އިސް ބައެއް ބޭފުޅުންނާ ވެސް ޑިސަނަޔަކަ ބައްދަލުކުރައްވާފައިވެއެވެ.