އުދައެއް ނާރާނެ، އެކަމަކު ވައިގަދަވުމުން ރާޅުގެ އަސަރުކޮށްފާނެ: މެޓް

ސަން

30 ޖުލައި 2025 | ބުދަ | 11:27

ރާއްޖޭގެ އެކި ހިސާބުތަކަށް އުދައިގެ އަސަރުނުކުރި ނަމަވެސް ވައިގަދަވާ ވަގުތުތަކުގައި ރާޅުގެ އަސަރުކޮށްފާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން މިއަދު ބުނެފިއެވެ.

މެޓުން މިއަދު 'ސަން'އަށް ބުނީ، މިއަދާއި މާދަމާގެ މެންދުރު ކުރީގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކުރާނެ ކަމަށެވެ.

އެކި ހިސާބުތަކަށް ވައިދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރިއިރު، މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވައި ޖެހޭނީ 13 މޭލާއި 23 މޭލު ބާރުމިނުގައި ވައިިޖެހޭނެ ކަމަށް މެޓުން ބުންޏެވެ. އަދި، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް