40 މީހުންނާ އެކު ނައިފަރަށް ދަތުރުކުރި ބޯޓެއް ހާލުގައި ޖެހިގެން އެހީވަނީ

ސަން

30 ޖުލައި 2025 | ބުދަ | 12:40

ސާޅިސް މީހުންނާ އެކު ޅ. ނައިފަރަށް ދަތުރުކުރި ބޯޓެއް އިންޖީނު ހުއްޓިގެން އެމްއެންޑީއެފުން މިއަދު އެހީތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، ކ. ކާށިދޫގެ އިރުން 'ލައިފްލައިން' ނަމަކަށް ކިޔާ އެ ބޯޓުގެ އިންޖީނު ހުއްޓުނުކަމުގެ މައުލޫމާތު ލިބުނީ ހެނދުނު 08:15 ހާއިރު ކަމަށެވެ.

އެގޮތުން، އެ ބޯޓުގައި ތިބި އަންހެނުންނާއި ކުޑަކުދިން ނައިފަރަށް ގެންގޮސްދިނުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް