އާރްޓީއެލްގެ ލޯގޯއިން ރީނދޫ ކުލަ އުނިކުރުމުން ފާޑުކިޔާއިރު، އެމްޓީސީސީގެ ބަހެއް ނެތް

ސަން

30 ޖުލައި 2025 | ބުދަ | 1:24

ފެރީގެ ނިޒާމަކުން މުޅި ރާއްޖެ ގުޅައިލުމަށް މިދިޔަ އެމްޑީޕީ ސަރުކާރުގައި ފެށި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ލޯގޯއިން ރީނދޫ ކުލަ އުނިކުރުމުން މީހުން ފާޑުކިޔަމުންދާއިރު، އެ ކަމާ ގުޅޭގޮތުން ސުވާލުކުރުމުން އެމްޓީސީސީގެ ފަރާތުން ޖަވާބެއް ނުދިނެވެ.

އާރުޓީއެލްގެ ދަށުން ބަހުގެ ޚިދުމަތާއި ފެރީގެ ޚިދުމަތް ދެއެވެ. މި ޚިދުމަތް ފެށިއިރު އާރުޓީއެލްގެ ލޯގޯގައި ހުންނަނީ ރީނދޫ ކުލައާއި ގަދަ އަދި މަޑު ނޫކުލައެވެ. އާރުޓީއެލް ފެރީތަކާއި ބަސްތަކުގައި ވެސް މި ލޯގޯއާއި ކުލަތައް ހުރެއެވެ.

އެމްޓީސީސީން ބ. އަތޮޅުގައި ފެރީގެ ޚިދުމަތް ފަށާކަން އިއުލާނުކޮށް، މިދިޔަ އާދިއްތަ ދުވަހު އެކްސްގައި ޕޯސްޓެއް ކުރިއެވެ. އެ ޕޯސްޓުގައި ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުން، އާރްޓީއެލް ފެރީގައި ހުރި ލޯގޯގައި ރީނދޫކުލަ އުނިކޮށް، އެ ކުލައިގެ ބަދަލުގައި ބޭނުން ކޮށްފައިވަނީ އަޅިކުލައެވެ.

މައުޟޫޢުތަށް