ޒުހައިރު އެޗްޑީސީއަށް ބަދަލުކޮށް، އާރުޑީސީގެ އެމްޑީއަކަށް ނަޒީމް
ސަން
30 ޖުލައި 2025 | ބުދަ | 6:58
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލުކޮށް، އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ނަޒީމް އައްޔަންކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު ބުނީ، އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުން ޒުހައިރު ވަކިކޮށް، އެ މަގާމަށް ނަޒީމް އައްޔަންކޮށްފައިވާ ކަމަށެވެ.
ބަދަލުގައި ޒުހައިރު ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމަށް ބަދަލުކޮށްފައެވެ.