ބަލިމީހުންގެ ކިޔޫ ކުޑަކުރަން އިތުރު ސްޕެޝަލިސްޓުން އެބަ ހޯދަން: ހަލީމް
ސަން
31 ޖުލައި 2025 | ބުރާސްފަތި | 10:20
ޑޮކްޓަރަށް ނުދެއްކި ބަލި މީހުންގެ ކިޔޫއެއް އޮންނަ މައިގަނޑު އެއް ސަބަބަކީ ބައެއް ސްޕެޝަލިޓީ އޭރިއާތަކުގައި ޑޮކްޓަރުން މަދުވުން ކަމަށާއި އިތުރު ޑޮކްޓަރުން ހޯދުމުގެ މަސައްކަތްކުރާ ކަމަށް މާލޭ ހޮސްޕިޓަލްތަކުގެ ގްރޫޕްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ހަލީމް ރޭ ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގައި ޚާއްސަ ޑޮކްޓަރަކަށް ނުދެއްކި ކިޔޫގައި ތިބެން ޖެހުމަކީ އަބަދު ވެސް ގިނަ މީހުންގެ ޝަކުވާއެކެވެ.
ރޭ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހަލީމް ވިދާޅުވީ، ސަރުކާރު ހޮސްޕިޓަލްތަކުގެ ޚިދުމަތްތައް ރަނގަޅުކުރަން ދުވަހުން ދުވަހަށް މަސައްކަތްކުރާއިރު، އެ ކަމަށް އިންސާނީ ވަސީލަތްތަކާއި ސްޕެޝަލިސްޓް ޑޮކްޓަރުން އިތުރަށް ހޯދަން ޖެހިފައިވާ ކަމަށެވެ.