އެއާޕޯޓު ޓެކްސީ ކިއޫގައި އެތައް އިރަކު މަޑުކުރަން ޖެހުމުގެ ޝަކުވާ ބޮޑުވެއްޖެ
ސަން
31 ޖުލައި 2025 | ބުރާސްފަތި | 2:32
މި ފަހުން އާ ޓާމިނަލެއް ހުޅުވައި ބޮޑެތި ބަދަލުތަކެއް ގެނައި, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ޓެކްސީ ކިއޫގައި އެތައް އިރަކު މަޑުކުރަންޖެހޭކަމުގެ ޝަކުވާ ބޮޑުވެއްޖެއެވެ.
އެއާޕޯޓު ޓެކްސީ ކިއޫ އޮންނަނީ އިންޓަނޭޝަނަލް ޓާމިނަލް ކުރިމަތީ އޮންނަ ވޯކްވޭގައެވެ.
ސޯޝަލް މީޑިއާގައި މިއަދު ހެނދުނުގެ ވަގުތުގައި މީހަކު ހިއްސާކުރި ވީޑިއޯއެއްގައި ޓެކްސީ ކިއޫގައި އެތައް މީހުނެއް ފިތި ބާރުވެފައި ތިއްބެވެ. ވާރޭ ކޮންމެވެސް ވަރަކަށް ވެހޭ އެ ވަގުތުގައި އެތައް ލަގެޖަކާއެކު ދަތުރުވެރިން ތިބިކަން އެ ވީޑިއޯއިން އެނގެއެވެ.