ވިލިނގިލީގެ ދެ ރޯހައުސެއްގެ މައްސަލައިގައި އަންހެނަކު ކައުންސިލް ކުރިމަތީ އޯށޯވެއޮވެ، އިހުތިޖާޖުކުރަނީ

ސަން

31 ޖުލައި 2025 | ބުރާސްފަތި | 11:00

ގއ. ވިލިނގިލީގެ ދެ ރޯހައުސަކަށް ކުރިމަތިލި މީހުންގެ ލިސްޓު ބާތިލުކޮށް، އަލުން އިއުލާނުކުރުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް، އަންހެނަކު އެރަށު ކައުންސިލް ކުރިމަތީ އޮށޯވެ އޮވެގެން އިހުތިޖާޖު ކުރަން ފަށައިފިއެވެ.

އެ ރަށުން 'ސަން'އާ ވާހަކަދެއްކި މީހަކު ބުނީ، ހެނދުނު 08:30އަށް ކައުންސިލަރުން ޑިއުޓީއަށް ދިޔައިރު ވެސް އެތަނުގައި އަންހެން މީހާ އޮތް ކަމަށެވެ. އޭނާ އޮތީ ކައުންސިލް އިދާރާއަށް ވަންނަ ދޮރު މަތީގައި ބެޑްޝީޓެއް އަޅައިގެން އޭގެ މަތީގައި ބާލީސް ބާއްވައި އޮށޯވެގެންނެވެ. އަވިން ސަލާމަތް ވާން ވެގެން އޭނާ އޮތީ ކުޑައެއް ވެސް ހިފައިގެންނެވެ.

އެ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވަމުން އަންނައިރު، އެތަނުގައި ފެންފުޅިއަކާ ބަނަސް އަޅާފައި އޮތް ކޮތަޅެއް އޮތް މަންޒަރު ފެނެއެވެ. އަދި، އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.

މައުޟޫޢުތަށް