އައްޔަން ކުރެއްވިތާ ހަ މަސް ތެރޭގައި، އެޗްޑީސީގެ ޑެޕިއުޓީ އެމްޑީ ފަޔާޒު ވެސް އިސްތިއުފާ ދެއްވައިފި
ސަން
31 ޖުލައި 2025 | ބުރާސްފަތި | 10:42
ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމުން މައުރޫފް ޖަމީލް އިއްޔެ އިސްތިއުފާދެއްވާފައި ވަނިކޮށް، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޔާޒް މަންސޫރު ވެސް މިއަދު އިސްތިއުފާދެއްވައިފިއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 22ވަނަ ދުވަހު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަންކުރެއްވި މައުރޫފް ވަނީ، މަގާމަށް އައްޔަންކުރިތާ ހަ މަސް ފަހުން ރިޓަޔާކުރައްވަން ނިންމަވައިފައެވެ. ނަމަވެސް ރިޓަޔާކުރެއްވުމުގެ ކުރިން އޭނާ އިއްޔެ ވަނީ އިސްތިއުފާދެއްވައިފައެވެ. އިސްތިއުފާދެއްވި ވަކި ސަބަބެއް ނޭނގެއެވެ.
ކަން އެހެން އޮއްވައި މިއަދު، އެ ކުންފުނީގެ ޑެޕިއުޓީ އެމްޑީ ފަޔާޒު ވެސް މިވަނީ އިސްތިއުފާދެއްވައިފައެވެ. ނަމަވެސް އަދި މިހާތަނަށް ކުރި މަސައްކަތުން އިސްތިއުފާ ދެއްވި ސަބަބެއް ނޭނގެއެވެ.