ލިޔެލާ ޖެހުން ހިމެނޭހެން އަށް ދާއިރާއަކުން ގައުމީ މިންގަނޑުތަކެއް ތައްޔާރުކުރަނީ

ސަން

31 ޖުލައި 2025 | ބުރާސްފަތި | 3:00

ލިޔެލާ ޖެހުން ހިމެނޭ ގޮތަށް އަށް ދާއިރާއަކުން ނޭޝަނަލް އޮކިއުޕޭޝަނަލް ކޮމްޕިޓެންސީ މިންގަނޑު ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން މިއަދު އިއުލާނުކޮށްފިއެވެ.

އެ އޮތޯރިޓީން މިންގަނޑު ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކުރީ ފޭލި ވިޔުމާއި ކަސަބު ގެތުމާއި ލިޔެޔާ ޖެހުމާއި މާވަޑިކަމާއި ސާންތި ލިޔުމާއި ތުނޑު ކުނާ ލިޔުމާއި ތިލޭރުކަމުގެ އިތުރައި ފަނާއި ރުކުފައްޗާއި ސަތާއިން ތަކެތި ލިޔުމުގެ ދާއިރާއިންނެވެ.

އެގޮތުން، އެކަން ކުރަނީ އެ މަސައްކަތްތަކަކީ ޒަމާނުއްސުރެ ދިވެހިން ކުރަމުން އައި މަސައްކަތްތަކެއް ނެތިދިޔަ ނުދިނުމަށާއި އެ ދާއިރާތަކުން ފަންނީ ހުނަރުވެރި ދިވެހީންތަކެއް ބިނާކުރުމަށް ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް