ދިހަ މަސް ދުވަހުގެ މަސައްކަތުން ރާއްޖޭގެ އޭއައި އެސެސްމަންޓް ރިޕޯޓު އެކުލަވާލައި، އިފްތިތާޙުކޮށްފި

ސަން

31 ޖުލައި 2025 | ބުރާސްފަތި | 3:46

ދިހަ މަސް ދުވަހުގެ މަސައްކަތުން ރާއްޖޭގެ އޭއައި އެސެސްމަންޓް ރިޕޯޓު އެކުލަވާލައި، މިއަދު އިފްތިތާހުކޮށްފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮތް ރަސްމިއްޔާތެއްގައި މި ރިޕޯޓު އިފްތިތާހުކޮށްދެއްވީ، ޔުނެސްކޯ، ސައުތް އޭޝިއާގެ ޑައިރެކްޓަރު ޓިމް ކާޓިސްއާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި، ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގެ ވެރިޔާ ޑރ. ކިނާނަތެވެ.

މި ރިޕޯޓަކީ ޔުނެސްކޯގެ އިސްނެގުމުގެ މަތިން އެންސީއައިޓީއާ އެއްކޮށް, އެކި ދާއިރާތައް ތަމްސީލުވާ ގޮތަށް ސްޓިއަރިން ކޮމިޓީއަކުން މިދިޔަ ދިހަ މަސް ދުވަހުގެ ތެރޭގައި އެކުވަލާލި ރިޕޯޓެކެވެ.

މައުޟޫޢުތަށް