ޖަނަވަރީ 28އިން ފެށިގެން ދުންފަތުގެ ހުރިހާ ބާވަތެއްގައި ލޭބަލް ޖަހަން ޖެހޭނެ

ސަން

31 ޖުލައި 2025 | ބުރާސްފަތި | 4:03

އަންނަ ޖަނަވަރީ މަހުގެ 28އިން ފެށިގެން އުސޫލާ ޚިލާފަށް ދުންފަތުގެ އެއްވެސް ބާވަތެއް ލޭބަލްކޮށްފިނަމަ، ފިޔަވަޅު އަޅާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފިއެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނާއި ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާންމު ގަވާއިދުގައި ވަނީ، ރާއްޖެ އެތެރެކުރާ ދުންފަތުގެ ބާވަތްތަކާއި ރާއްޖޭގައި ވިއްކާ ދުންފަތުގެ ބާވަތްތައް ހިމެނޭ އުފެއްދުންތައް ހުންނަންވާނެ ގޮތްތަކެއް ކަނޑައަޅާފައެވެ.

އެގޮތުން، ދުންފަތުގެ ބާވަތްތައް ޕެކެޓުކޮށް، ލޭބަލް ޖެހުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ 'ޑިޒައިން އެންޑް ރިކުއާމަންޓްސް ފޯ ހެލްތު ވޯނިން'ގެ ފުރަތަމަ އިސްލާހު ގެޒެޓުކުރީ މިދިޔަ ބުރާސްފަތި ދުވަހެވެ.

މައުޟޫޢުތަށް