1500އަށްވުރެ ގިނަ ގޭމަރުންނާއެކު ދިރާގުގެ ގޭމިން ކޮންކުއެސްޓް ފަށައިފި

ސަން

31 ޖުލައި 2025 | ބުރާސްފަތި | 9:11

1،500އަށްވުރެ ގިނަ ގޭމަރުންނާ އެކު ރާއްޖޭގެ އެންމެ ބޮޑު އެއް ގޭމިން މުބާރާތްކަމަށްވާ ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) މިއަދު ފަށައިފިއެވެ.

ދިރާގުން ބުނީ، ތިން ދުވަހުގެ މުއްދަތަކަށް، ވާދަވެރި ހަތަރު މެޗުގެ ފޯމެޓަށް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ކުރިއަށް ގެންދާ މި މުބާރާތުގައި ދިވެހި ގޭމަރުންގެ އެކި ހުނަރުތައް ދައްކާލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވެ ވަނަވަނަ ހޯދާ ގޭމަރުންނަށް ޖުމްލަ 170،000 ރުފިޔާގެ އަގުހުރި އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށް، ދިރާގުން ބުންޏެވެ.

މައުޟޫޢުތަށް