ޝައްމާނާ އެކު ހައްޔަރުކުރި ލައްސާން އެއްބަސްވުން ހެދުމުން ލުއި އަދަބެއް

ސަން

1 އޯގަސްޓު 2025 | ހުކުރު | 1:25

ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށް ފަހު ބަންދުން ދޫކޮށްލި ކަމަށް ތުހުމަތުކުރާ މައްސަލައިގައި އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި ޝަމްއާން ވަހީދާ އެކު ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކަށް ލުއި އަދަބެއްދީ އޭނާގެ މައްސަލަ ނިންމާލައިފިއެވެ.

މިދިޔަ ރޯދަ މަހު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އެ އިދާރާގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ކަމަށް ފުލުހުން ތުހުމަތުކުރާ މައްސަލައިގައި އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރު ހިމެނޭހެން ފަސް މީހުން ހައްޔަރުކުރިއެވެ. އެއީ، ޝައްމާންގެ އިތުރުން ތ. ބުރުނީ، މޫނިމާގެ، މުހައްމަދު އަލްސަން އިސްމާއިލް، 21، ގ. ހެޕީސައިޑު، އިބްރާހިމް އަހުމަދު، 37، ގ. ހެޕީސައިޑު، އަހުމަދު ސަހެޝަން، 47 އަދި މ. ހަޒާރީވިލާ، އަހުމަދު ލައްސާން، 40، އެވެ.

މި ހަތަރު މީހުންގެ ތެރެއިން ލުއި އަދަބަކާ އެކު ނިންމާލާފައިވަނީ އަހްމަދު ލައްސާންގެ މައްސަލައެވެ. ލައްސާންގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއަކާއި ފޭރުމުގެ ކުށުގެ ދައުވާއެކެވެ. ލައްސާންވަނީ މި ދެ ދައުވާއަށް ވެސް އިއުތިރާފުވެ، ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުން ހަދާފައެވެ. ލުއި އަދަބެއް މި މައްސަލައިގައި ލައްސާނަށް ދިނީ އެހެންވެއެވެ.

މައުޟޫޢުތަށް