އަޝްރަފް ކިޔައިދެއްވީ ވަހީދުގެ ކުރުވާހަކަތަކުންނާއި ދިރިއުޅުއްވުމުން ނަންގަވައިދެއްވި ފިލާވަޅުތައް

ސަން

1 އޯގަސްޓު 2025 | ހުކުރު | 1:18

ހއ. ހޯރަފުށީގައި ރޭ ބޭއްވި މަޑުލު މުހައްމަދު ވަހީދުގެ ތައުބީނުގެ ޖަލްސާގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމް، ވަޙީދުގެ ކުރު ވާހަކަތަކުންނާއި އޭނާގެ ދިރިއުޅުއްވުމުން ނަންގަވައިދެއްވި ގިނަ ފިލާވަޅުތަކެއް ހިއްސާކުރައްވައިފިއެވެ.

ދިވެހި އަދަބިއްޔާތާއި ނޫސްވެރިކަމަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ މަޑުލު ވަހީދު އަވަހާރަވީ އޭޕްރީލް 14 ގައެވެ.

ވަޙީދުގެ ހަނދާނުގައި ރޭ ހޯރަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. އަޝްރަފް ވަނީ ވަހީދުގެ ހަޔާތްޕުޅާއި އަދި ކުރުވާހަކަތަކުން ނަންގަވައިދެއްވި ފިލާވަޅުތައް ވަރަށް ތަފުސީލީ ގޮތެއްގައި ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، ވަހީދު އެނގިވަޑައިގަތުމުގެ ކުރިން އެނގިވަޑައިގަތީ ވަހީދުގެ މަސައްކަތްޕުޅުތައް ކަމަށެވެ.

މައުޟޫޢުތަށް