އެހެން ޖީލަކަށް ގުރުއާން ފޯރުކޮށްދިނުމަކީ ދެމިގެންދާ ސަދަގާތެއް: ޚުތުބާ

ސަން

1 އޯގަސްޓު 2025 | ހުކުރު | 1:41

އުފަލެއް ކަމުގައި ދެކިގެން އަމާނާތްތެރިކަމާއި ރައްކާތެރިކަމާ އެކު އެހެން ޖީލަކަށް ގުރުއާން ފޯރުކޮށްދިނުމަކީ ދެމިގެންދާ ސަދަގާތެއް ލިބޭނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ، ކީރިތި ގުރުއާން ހިތުދަސްކުރުމުގެ މާތްކަމުގެ މައްޗަށެވެ.

އެގޮތުން، ގުރުއާން ހިތުދަސްކުރުމަކީ ދުނިޔަވީ ހަޔާތާއި އުޚުރަވީ ހަޔާތުގައި އޭގެ ފައިދާ ކުރާނެ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ. ގުރުއާން ހިތުދަސްކުރުމަކީ މަރުވުމަށް ފަހުގައި ވެސް އެ މީހެއްގެ ދަރަޖަމަތިވާނެ ކަމެއްކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

މައުޟޫޢުތަށް