ދުނިޔޭގެ ސުލްހައާ މެދު މަޝްވަރާ ކުރައްވަން ޝާހިދު ހަންގޭރީގައި
ސަން
2 އޯގަސްޓު 2025 | ހޮނިހިރު | 10:21
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި, އޭގެ އަސަރު އިގްތިސާދު ތަކަށް ވެސް ވަރަށް ބޮޑަށް ކުރަމުން ދާ ދަނޑިވަޅެއްގައި, ސުލްހައާ މެދު މަޝްވަރާ ކުރެއްވުމަށް, އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު, ޔޫރަޕުގެ ގައުމެއް ކަމަށްވާ ހަންގޭރީއަށް ވަޑައިގެންފިއެވެ.
އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ޝާހިދު އިއްޔެ ވަނީ، ހަންގޭރީގެ ފޮރިން މިނިސްޓަރު ޕީޓާ ސިހާޓޯ އާ ބައްދަލު ކުރައްވައިފައެވެ.
ޝާހިދު "އެކްސް"ގައި ލިޔުއްވާފައިވާ ގޮތުގައި، ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓުގައި އިއްޔެ އޮތް މި ބައްދަލުކުރެއްވުމުގައި ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހިމެނޭހެން އެކި މައުޟޫއުތަކާ މެދު ދެ ބޭފުޅުން މަޝްވަރާކުރައްވާފައި ވެއެވެ.