ފަރަށް އެރި ދޯންޏަކުން ދަތުރުކުރި 3 މީހުން ކަނޑުވެފައި ތިއްބާ ސަލާމަތް ކޮށްފި
ސަން
3 އޯގަސްޓު 2025 | އާދިއްތަ | 11:58
މާލޭން ފުރައިގެން ތ. ވޭމަންޑުއަށް ފިލާ ފަދަ ސާމާނު ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް ފަރަށް އަރައިފިއެވެ.
ފުލުހުން ބުނީ، "އަލްމަޖްރާ" ނަމަކަށް ކިޔާ ދޯންޏެއް ދިއްގިރި ކައިރިން ފަރަށް އަރައި ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުނީ ފަތިހު 5:34 ހާއިރު ކަމަށެވެ.
އެ ރިޕޯޓާ ގުޅިގެން ވ. އަތޮޅު ފުލުހުން އެ ސަރަހައްދަށް ދިޔައިރު އެ ދޯނިން ދަތުރުކުރި ތިން މީހަކު ހާލުގައި ޖެހިފައި ފަރުމަތީ ތިއްބާ ފެނިފައިވާ ކަމަށާއި، އެއީ ދިވެއްސަކާއި ބަންގްލަދޭޝް ދެ މީހުން ކަމަށް ފުލުހުން ބުންޏެވެ.