އެމްޑީއަށް ފަހު، އާރްޑީސީގެ ޑީއެމްޑީ ވެސް އެޗްޑީސީއަށް ބަދަލުކޮށްފި

ސަން

3 އޯގަސްޓު 2025 | އާދިއްތަ | 1:37

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި މުޙައްމަދު އަސްބާހު އަލީ ނަސީރު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް މިއަދު ބަދަލުކޮށްފިއެވެ.

އެ މަގާމަށް އަސްބާހު އައްޔަނުކުރިކަން ހާމަކޮށް، އެޗްޑީސީން ކުރި ޕޯސްޓެއްގައި ވަނީ އެ މަގާމަށް މަރުހަބާ ކިޔާފައެވެ. އަދި، އަސްބާހުގެ ލީޑާޝިޕްގެ ދަށުން އެ ކުންފުންޏަށް އިތުރު ކުރިއެރުންތައް ހޯދައިދޭނެ ކަމަށް އުންމީދުކުރާ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް އަސްބާހު އައްޔަނުކުރީ އެ މަގާމު ފުރުއްވި ފަޔާޒް މަންސޫރު މިދިޔަ މަހުގެ 31 ގައި އިސްތިއުފާދެއްވުމުންނެވެ.

މައުޟޫޢުތަށް