ސަރުކާރު ކުންފުނިތަކަށް އިތުރު ބަދަލެއް، އާރުއޭސީއެލްގެ ޑީއެމްޑީ ޝާހިދު އެމްޑަބްލިއުއެސްސީއަށް
ސަން
3 އޯގަސްޓު 2025 | އާދިއްތަ | 5:59
ސަރަހައްދީ އެއާޕޯޓްތައް ބަލަހައްޓާ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝާހިދު، ފެނާއި ނަރުދަމާގެ ޚިދުމަތްތައް ދޭ މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އަށް ބަދަލުކޮށްފިއެވެ.
އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމަށް ޝާހިދު ހަމަޖެއްސިކަން ހާމަކޮށް، އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕޭޖުތަކުން ވަނީ އޭނާއަށް މަރުހަބާ ކިޔައިފައެވެ.
މީގެ ކުރިން ފެނަކައިގެ އައިޓީ ޑިޕާޓްމަންޓްގެ ހެޑުގެ މަގާމު ވެސް ފުރުއްވި ޝާހިދު އާރުއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވީ ޑިސެމްބަރު 31، 2023އިން ފެށިގެން އިއްޔެގެ ނިޔަލަށެވެ. އޭނާ ރާއްޖޭގެ ބައެއް ކޮލެޖުތަކުގައި ލެކްޗަރާއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވައެވެ.