މަރުގެ އަދަބު ދިނުން ނިމޭނީ ''އިންޑިއާ އައުޓް'' ނިމުނު ގޮތަށް: އުމަރު
ސަން
4 އޯގަސްޓު 2025 | ހޯމަ | 12:00
ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދޭން މަޝްވަރާއަށް ދާން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުން ވެސް ނިމޭނީ 'އިންޑިއާ އައުޓް' ހަރަކާތަށް ވީހެން، ކަން ނުވެ ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ފާޑުވިދާޅުވެއްޖެއެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި ވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި އެ ބިލު އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް މިހާރު ދަންނަވާފައި ވާނެ ކަމަށެވެ.
އެފަދަ މައްސަލަތަކުގައި އަބަދުވެސް މަރުގެ އަދަބު ދިނުމަށް ވަކާލާތުކުރައްވާ އުމަރު، އެސްއެސްޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމްގައި އެކަމާ ގުޅިގެން އެންމެ ފުރަތަމަ ވެސް މަޖާޒީ ގޮތަކަށް ވިދާޅުވީ އެއީ ސީރިއަސް ވާހަކައެއްހެން ހީނުވާ ކަމަށެވެ.