އިސްރަށްވެހިން ޒަމާނީ ވަސީލަތްތަކަށް އަހުލުވެރިކުރުވަން މުވައްޒަފުން ތަމުރީނުކޮށްފި

ސަން

4 އޯގަސްޓު 2025 | ހޯމަ | 3:11

އުމުރުން ދުވަސްވީ މީހުންނަށް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މުވާސަލާތުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ސޯޝަލް އެންޑް ފެމިލީ ޑިވޮލޮޕްމަންޓް މިނިސްޓްރީގެ ބައެއް މުވައްޒަފުން ތަމްރީނުކޮށްފިއެވެ.

އެ މިނިސްޓްރީން ބުނީ، "ސުމޭކު ވަސީލަތްތަކަށް ހޭލުންތެރި އިސްރަށްވެހިން"ގެ ނަމުގައި ހިންގި ތަމުރީނު ޕްރޮގްރާމްގައި މިނިސްޓްރީގެ މުވައްޒަފުންނާއި އިސްރަށްވެހިންގެ ނާދީގެ މުވައްޒަފުން ހިމެނޭހެން 14 މުވައްޒަފަކު ބައިވެރިވި ކަމަށެވެ.

އިސްރަށްވެހިންނާއި އުމުރުން ދުވަސްވީ މީހުންނަށް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މުވާސަލާތުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީގެ މުވައްޒަފުން ތަމްރީނުކުރުމަށް ބޭއްވި ޕްރޮގްރާމްގެ ތެރެއިން --- ފޮޓޯ/ ސޯޝަލް މިނިސްޓްރީ

މައުޟޫޢުތަށް