އުއްތަމަފަނޑިޔާރަކަށް ޣަނީ އައްޔަންކުރަން މިއަދުން މިއަދަށް ކޮމިޓީން ރުހުން ދީފި

ސަން

4 އޯގަސްޓު 2025 | ހޯމަ | 2:11

ހުސްވެފައިވާ އުއްތަމަފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަންކުރަން ރުހުން ދޭން ފެންނަ ކަމަށް ޖުޑީޝަރީ ކޮމިޓީން މިއަދު ނިންމައިފިއެވެ.

އަބްދުލްޣަނީގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުށަހެޅުއްވީ އިއްޔެއެވެ. މިއަދުގެ ޖަލްސާގައި އޭނާގެ ނަން ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ. މާ ގިނައިރުތަކެއްނުވެ، ކޮމިޓީން މިއަދު ވަނީ ޣަނީއަށް ރުހުންދޭން ނިންމައިފައެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އަބްދުލްޣަނީއަށް ރުހުން ދޭން ފެންނަ ކަމަށް ފާސްކުރަން ހުށަހެޅުއްވީ ފަރެސްމާތޮޑާ އަޝްރަފް ރަޝީދެވެ. ތިމަރަފުށި ދާއިރާގެ މެންބަރު އަހްމަދު ރިޔާޒް ތާއީދުކުރެއްވިި އެ ހުށަހެޅުން ފާސްވީ ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

މައުޟޫޢުތަށް