ކޮމިޓީ ސިއްރުކޮށްފައި ވެސް ޑޮލަރުގެ މައްސަލަ ހައްލުވާނެ ދުވަހެއް މުނައްވަރު ވިދާޅެއްނުވި
ސަން
4 އޯގަސްޓު 2025 | ހޯމަ | 10:10
މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރުގެ އެދިވަޑައިގަތުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުން ސިއްރުކުރުމަށްފަހު ވެސް ޑޮލަރުގެ މައްސަލަ ހައްލުވާނެ ދުވަހެއް އޭނާ ކޮމިޓީގައި ވިދާޅުނުވާ ކަމަށް 'ސަން'އަށް އެނގިއްޖެއެވެ.
ޑޮލަރު ރޭޓު ދަށްނުވެ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20 ރުފިޔާއަށް ވަނީ އަރައިފައެވެ. މި ދަނޑިވަޅުގައި ގަވަރުނަރު ހަނު ހުންނެވުމުން ގިނަ ބަޔަކު ވަނީ އޭނާއަށް ފާޑުކިޔައިފައެވެ.
ކަން އެހެން އޮއްވައި އެ މައްސަލައިގައި މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީ ބައްދަލުވުން ސިއްރުކުރަން ވެސް އެދިވަޑައިގަތީ ގަވަރުނަރު އަމިއްލައަށެވެ.