ކަންބޮޑުވުން ގިނަ ލާމަރުކަޒީ ބިލަށް ޚިޔާލު ހުށަހަޅަން ދިނީ އެންމެ 19 ގަޑިއިރު
ސަން
4 އޯގަސްޓު 2025 | ހޯމަ | 10:33
ރައްޔިތުންގެ މަޖިލީހުން އާންމުގޮތެއްގައި ބިލުތަކަށް ޚިޔާލަށް ހުޅުވައިލާ މުއްދަތުތަކާ ޚިލާފަށް، ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް އެންމެ 19 ގަޑިއިރު ދީފިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ވަނީ ފަސް އިސްލާހެއް ހުށަހަޅައިފައެވެ. އެ ބިލުގައި ވަނީ، ކައުންސިލްތަކަށް މުވައްޒަފުން ނެގުމާއި، ކައުންސިލްތަކުގެ އިހްތިސޯސުގައިވާ ފަޅާއި، ބިން ފަދަ ތަންތަން ކުއްޔަށް ދޫކުރުމުގެ އިތުުރުން ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުމުގައި ކައުންސިލްތަކަށް ލިބިދީފައިވާ ބާރު ހަނިވާ ގޮތަށް އިސްލާހެއް ހިމަނައިފައެވެ.
މި ބިލާ ދޭތެރޭ ވަރަށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.