ގިނަ ބަޔަކު އެއްވާ ރަސްފަންނު ސަރަހައްދުގައި މަގު ބައްތި ނިވި، އަނދިރީގައި

ސަން

4 އޯގަސްޓު 2025 | ހޯމަ | 11:11

މާލޭގައި ގިނަ ބަޔަކު އެއްވެ އުޅޭ އަދި ސައިކަލާއި ކާރު ފަދަ އުޅަނދު ވެސް ގިނަ އަދަދަކަށް ދުއްވާ ރަސްފަންނު ސަރަހައްދުގައި މަގުބައްތިތައް ނިވި، އަނދިރިވެއްޖެއެވެ.

ބޮޑުތަކުރުފާނު މަގުގައި އައިޖީއެމް ހޮސްޕިޓަލާ ކައިރިން، ރަސްފަންނުގެ ބޮޑު ބައެއް ވެސް ހިމެނޭ ގޮތަށް ބޮޑު ސަރަހައްދެއްގައި މިވަގުތު ހުރީ މަގު ބައްތިތައް ނުދިއްލިއެވެ.

އެ ސަރަހައްދަކީ މަރުކަޒީ ހޮސްޕިޓަލުން ގިނަ ބަޔަކު އައިސް ގޮސް އުޅޭ މަގު ކަމަށްވެފައި، ރަސްފަންނަކީ ގިނަ އަަދަދެއްގެ މީހުން ކަސްރަތަށާއި ފެތުމަށާއި ހިތްހަމަޖައްސާލުމަށް އެއްވާ ސަރަހައްދެކެވެ.

މައުޟޫޢުތަށް