އިސްރާއީލުގެ މިނިސްޓަރަކު އަގްސާ މިސްކިތަށް ވަދެ، ހުރުމަތް ކެނޑުން ރާއްޖެއިން ކުށްވެރިކޮށްފި

ސަން

4 އޯގަސްޓު 2025 | ހޯމަ | 11:34

އިސްރާއީލުގެ ގައުމީ ސަލާމަތާ ބެހޭ މިނިސްޓަރު، ގުދުސްގައި ހުންނަ މަސްޖިދުލް އަގްސާއަށް ވަދެ މިސްކިތުގެ ހުރުމަތް ކެނޑި މައްސަލަ ރާއްޖެއިން މިރޭ ކުށްވެރުކޮށްފިއެވެ.

އިސްރާއީލުގެ ގައުމީ ސަލާމަތާ ބެހޭ މިނިސްޓަރު އިތަމާރު ބެންގަވީރު މިއަދު ވަނީ އަގްސާ މިސްކިތުގެ ގޯތިތެރެއަށް އިތުރު ބަޔަކާއެކު، ޔަހޫދީ ދީނުގެ އަޅުކަމެއްގައި އިސްކޮށް ބައިވެރިވެފައެވެ.

އިސްރާއީލުން 1967ގައި އިރުމަތީ ގުދުސް ހިފުމަށްފަހުވަނީ، އެ ސަރަހައްދު ބަލަހައްޓާނީ އުރުދުންއިން ކަމަށްވީ ސަލާމަތީ ކަންތައްތައް ބަލަހައްޓާނީ އިސްރާއީލުން ކަމަށް ނިންމައިފައެވެ. އިސްރާއީލުން ވަނީ މިސްކިތުގެ ގޯތި ތެރެއަށް ޔަހޫދީންނަށް ވަދެވޭނެ ކަމަށާއި ނަމަވެސް އަޅުކަން ނުކުރެވޭނެ ކަމަށް ނިންމައިފައެވެ.

މައުޟޫޢުތަށް