ރައީސް މައުމޫން، ފަލަސްތީނުގެ ފިލްމު އުފައްދާ ޔޫސުފާ ބައްދަލުކުރައްވައިފި

ސަން

5 އޯގަސްޓު 2025 | އަންގާރަ | 11:54

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް, ފަލަސްތީނުގެ ޑޮކިއުމަންޓަރީ ފިލްމު އުފައްދާ ޔޫސުފް އަލް-ހެލޫއާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.

މައުމޫން ފައުންޑޭޝަން އޮފީހުގައި އޮތް މި ބައްދަލުވުމުގައި ޔޫސުފް އަލް-ހެލޫއާއެކު, އިންޓަނޭޝަނަލް މުސްލިމާ އެއިޑް އެންޑް އެޑިއުކޭޝަން (އައިއެމްއޭއީ)ގައި އިސްކޮށް މަސައްކަތް ކުރައްވާ, ޑރ. ޝަޒްރާ އިބްރާހިމާއި ޑރ. ރާނާ އަޙްމަދު ޙަމީދު ބައިވެރިވެވަޑައިގެންނެވިއެވެ.

އަލް-ހެލޫ ރާއްޖެއަށް ވަޑައިގަތީ އޭނާގެ ޑޮކިއުމަންޓަރީ ފިލްމު "ދަ ފީނިކްސް އޮފް ޣައްޒާ" އެޅުވުމަށެވެ. މި ފިލްމުން ޣައްޒާގައި ދިރިއުޅޭ މީހުންގެ ދިރިއުޅުމުގެ ހަގީގީ ހާލަތު ދައްކުވައިދޭނެވެ. މި ފިލްމުގައި ހިތްދަތިކަން ތަހައްމަލުކުރަމުން, ގޮންޖެހުންތަކާ ކުރިމަތިލާ ގޮތާއި އެ ރަށުގެ ސަގާފަތާއި އުއްމީދު ރަމްޒުކޮށްދޭ ހާދިސާތައް ދައްކުވައިދޭނެއެވެ. މި ފިލްމު މާލޭގައި ފުރަތަމަ ފަހަރަށް ދައްކަން ހަމަޖެހިފައިވަނީ މިއަދު އޮލިމްޕަސް ތިއޭޓަރުގައެވެ.

މައުޟޫޢުތަށް