ކޮމިޓީތަކުން ސިއްރުކުރާ ބައްދަލުވުންތަކުގެ މައުލޫމާތު ތަޅުމުގައި ހާމަނުކުރާން އެދިއްޖެ
ސަން
5 އޯގަސްޓު 2025 | އަންގާރަ | 2:13
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން ސިއްރުކޮށްގެން ބާއްވާ ބައްދަލުވުންތަކުގެ މައުލޫމާތު ތަޅުމުގައި ހާމަނުކުރަން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އެދިވަޑައިގެންފިއެވެ.
މިއަދުގެ ޖަލްސާގައި ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސްކުރައްވަމުން ގަވަރުނަރު އަހްމަދު މުނައްވަރާ ހަވާލާދީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވީ، އެ އިސްލާހުގެ ބޭނުމަކީ މިހާރު ބޭނުންކުރަމުންދާ ފަވަރަ ހަރުދަނާކޮށް، ކޯޕޮރަޓައިޒްކޮށް އެހެން ބޭންކުތަކަށް ބައިވެރިކުރުވުމުގެ ދައުވަތު ދިނުން ކަމަށެވެ.
މި އިސްލާހަށް ބަހުސްކުރައްވަމުން ހަމަ އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވީ، ގައުމާ މެދު އެމްއެމްއޭއިން ދެކޭ ގޮތް ބަނަ ކަމަށް އެމްއެމްއޭގެ ފަރާތުން ބުނި ކަމަށެވެ. އެމްއެމްއޭގެ ބައެއް ތަފާސްހިސާބުތަކާ ހަވާލާދީ އޭނާ ވިދާޅުވީ މިދިޔަ އަހަރު ޖީޑީޕީ ރެކޯޑު އަދަދަކަށް ވެއްޓިފައިވާ ކަމަށާއި، އެގޮތުން ޖީޑީޕީ 5.5 ޕަސެންޓުން ކުރިއަރައިގެން ދާނެ ކަމަށް އެމްއެމްއޭއިން އަންދާޒާކުރި ނަމަވެސް، މުރާޖައާކުރިއިރު އެ އަދަދު އޮތީ 3.3 ޕަސެންޓުގައި ކަމަށެވެ.