ރާއްޖޭގެ އެހާރާއި މިހާރު ދައްކުވައިދޭ "އިހުސާސް" މައުރަޒު ހުޅުވައިފި
ސަން
6 އޯގަސްޓު 2025 | ބުދަ | 12:05
ރާއްޖޭގެ އެކި ތަންތަނާއި، އެހާރާއި މިހާރުގެ ދިރިއުޅުން ދައްކުވައިދޭ ކުރެހުންތަކާއެކު، ހުނަރުވެރިޔާ އަބްދުالله ފާއިޒްގެ "އިހުސާސް" މައުރަޒު މިރޭ ހުޅުވައިފިއެވެ.
ނެޝަނަލް އާޓް ގެލެރީގައި މިރޭ ބޭއްވި ހަފުލާއެއްގައި ''އިހުސާސް'' މައުރަޒު ހުޅުވައިދެއްވީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި އާކިޓެއްގެ އިތުރުން އާޓިސްޓިކް ގިނަ މަސައްކަތްތަކެއް ކުރައްވާ މުހައްމަދު މަޢުރޫފް ޖަމީލެވެ.
އެ ހަފުލާގައި ފާއިޒް ވިދާޅުވީ، ފަންނުވެރިކަމަކީ މީހުންގެ އިހުސާސްތަކާ ގުޅިފައިވާ ކަމެއް ކަމަށާއި، އެ އިހުސާސްތައް ގެނެސްދިނުމަށް އޭނާ ކުރެއްވި ބުރަ މަސައްކަތްތަކެއް މި މައުރަޒުން ފެންނާނެ ކަމަށެވެ.