އެމްޑީޕީ ޖަގަހައަށް ގެއްލުންދިނުން: ކުށް ތަކުރާރުކުރުމުގެ ފުރުސަތު އޮތް ކަމަށް ބުނެ، ރަޒީންގެ ބަންދަށް މަހެއް

ސަން

6 އޯގަސްޓު 2025 | ބުދަ | 10:29

މައި އިދިކޮޅު އެމްޑީޕީގެ މުހިންމު ހަރަކާތްތަކަށް ބޭނުންކުރާ ދަނޑިކޮށި ޖަގަހައިގެ ދޮރު ހަލާކުކޮށްލި މައްސަލައިގައި ހައްޔަރުކުރި މ. ސްޓާ / މުހައްމަދު ރަޒީން (49އ)، 30 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އެމްޑީޕީގެ ޖަގަހައަށް ގެއްލުންދިން ކަމަށް ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ ހޮނިހިރު ދުވަހުގެރޭ ދަންވަރު 1:30 ހާއިރެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ގެއްލުން ދީ، ފަޅާލާފައި ވަނީ އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގެ ބޮޑު ދޮރެވެ. ހަމަ އެ ދުވަހު ރަޒީން ހައްޔަރުކޮށް ދޫކޮށްލުމަށް ފަހު ކޯޓު އަމުރެއްގެ ދަށުން ޖެހިގެން އައި ދުވަހު ހައްޔަރުކުރީއެވެ.

ކޯޓާ ހަވާލާދީ ފުލުހުން ބުނީ، މި މައްސަލައިގައި ރަޒީންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 30 ދުވަސް ޖަހައިފައިވާ ކަމަށެވެ.

މައުޟޫޢުތަށް