ހަތަރު ލައްކައެއްހާ ރުފިޔާގެ ހުރާ މޮނިއުމެންޓް ނުނިމެނީސް ބޮޑެތި ގެއްލުންތަކެއް ދީފި

ސަން

6 އޯގަސްޓު 2025 | ބުދަ | 1:24

ފަތުރުވެރިންގެ މެދުގައި މަގުބޫލު ކ. ހުރާގައި އެ ދާއިރާ ރަމްޒުކޮށްދިނުމުގެ ގޮތުން ގާތްގަނޑަކަށް ހަތަރު ލައްކަ ރުފިޔާ ޚަރަދުކޮށްގެން ހަދަމުން އައި މޮނިއުމެންޓަށް ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.

ހުރާގެ ބަނދަރުމަތީގައި ހަދަމުން އައީ، އެ ރަށުގެ ނަމާއި ރަތް ކުލައިގެ ކަކުންޏަކާއި މާކަނާއެއް ފެންނަ މޮނިއުމެންޓެކެވެ.

ހުރާ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ފައިބަރުން ހަދައިފައިވާ އެ މޮނިއުމެންޓްގެ މަސައްކަތް ކުރަމުން ދަނިކޮށް ހޯމަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި އެ މޮނިއުމެންޓްގެ ބައެއް ހަލާކުކޮށްފައިވާ ކަމަށެވެ.

މައުޟޫޢުތަށް