ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް ބާރުވެރިކުރަން ރައީސް މަސައްކަތް ކުރައްވާ: އާދަމް ޝަރީފް

ސަން

6 އޯގަސްޓު 2025 | ބުދަ | 9:16

ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މަސައްކަތް ކުރައްވާ ކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިރޭ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ، ކައުންސިލްތަކުގެ ބައެއް ބާރުތައް ހަނިވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަ ބިލު ފާސްކޮށްފައެވެ. އެ ބިލު ފާސްކޮށްފައި ވަނީ، ގިނަ ކައުންސިލުތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށެވެ.

އެ އިސްލާހުތައް ދިފާއު ކުރައްވައި، މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި ކުރެެއްވި ޕޯސްޓެއްގައި ވަނީ ސަރުކާރުން ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް ރައީސް ކޮށްދެއްވާ ކަންތައްތައް ކިޔައިދެއްވާފައެވެ.

މައުޟޫޢުތަށް