ޑިގްރީ ނިމެންދެން މަޑުނުކޮށް ޑިޕްލޮމާއާ އެކު ކިޔަވައިދޭން ފަށަންޖެހޭ: މިނިސްޓަރު
ސަން
7 އޯގަސްޓު 2025 | ބުރާސްފަތި | 10:54
ހަތަރެއް ނުވަތަ ތިން އަހަރު ދުވަހުގެ ސަނަދެއް ހޯދައިގެން ކިޔަވައިދިނުން މުހިންމު ނަމަވެސް، އެ ކަމަށް ރާއްޖޭގެ ހާލަތު ތަންނުދޭ ކަމަށާއި އެގޮތަށް އަމަލުކޮށްގެން ރާއްޖޭގައި އޮތް މުދައްރިސުންގެ މައްސަލަ ހައްލުނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރޭ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ސުކޫލުތަކަށް އެކަށީގެންވާ ޓީޗަރުން ނުލިބުމުގެ ކަންބޮޑުވުން އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރެއެވެ.
މިނިސްޓަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ވަރަށް ތަފުސީލުކޮށް ސުކޫލުތަކަށް ޓީޗަރުން ބޭނުންވާ މިންވަރު ކިޔައިދެއްވާފައެވެ.