ލާމަރުކަޒީ ބިލު ތަސްދީގުނުކުރައްވާ، ކުރައްވައިފިނަމަ ދެން އަންނަ އެމްޑީޕީ ސަރުކާރުގައި ބަދަލުކުރާނަން: ފައްޔާޒު

ސަން

7 އޯގަސްޓު 2025 | ބުރާސްފަތި | 10:27

ރާއްޖޭގެ ބައެއް ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ކައުންސިލްތަކުގެ ބާރުތައް ހަނިވާގޮތަށް ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ބިލު އިއްޔެ ފާސްކުރުމުން، އެ ބިލު ތަސްދީގުނުކުރެއްވުމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލައްވައިފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ވަނީ ފަސް އިސްލާހެއް ހުށަހަޅައިފައެވެ. އެ ބިލުގައި ވަނީ، ކައުންސިލްތަކަށް މުވައްޒަފުން ނެގުމާއި، ކައުންސިލްތަކުގެ އިހްތިސޯސުގައިވާ ފަޅާއި، ބިން ފަދަ ތަންތަން ކުއްޔަށް ދޫކުރުމުގެ އިތުުރުން ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުމުގައި ކައުންސިލްތަކަށް ލިބިދީފައިވާ ބާރު ހަނިވާ ގޮތަށް އިސްލާހެއް ހިމަނައިފައެވެ.

މި ބިލާ ދޭތެރޭ ގިނަ ބަޔަކު، ޚާއްސަކޮށް ބައެއް ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް އަންގާރަ ދުވަހުގެ ރޭ ލާމަރުކަޒީ ކޮމިޓީން ބިލު ފާސްކުރީ ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު އެންމެ 19 ގަޑިއިރަށް ހުޅުވާލުމަށް ފަހެވެ.

މައުޟޫޢުތަށް