ކަނޑުމަތީގެ އިތުރު ހާދިސާއެއް: ދޯންޏެއް ބަންޑުން ޖަހާލައި، ދެ މީހެއްގެ ހާލު ސީރިއަސް

ސަން

7 އޯގަސްޓު 2025 | ބުރާސްފަތި | 10:58

ހަތަރު މީހުންނާއެކު މިއަދު ހދ. ކުމުންދޫ ކައިރިން ދަތުރުކުރަމުން ދަނިކޮށް ދޯންޏެއް ބަންޑުންޖަހާލައި، ކަނޑުވި ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސްވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ކުމުންދޫ ކައިރިން ލޯންޗެއް ބަންޑުން ޖަހާލި ކަމުގެ މަޢުލޫމާތު ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއަށް ލިބުނީ މިއަދު ހެނދުނު 08:45 ހާއިރު ކަމަށެވެ. އެ މަޢުލޫމާތު ލިބުމާ އެކު، ކޯސްޓްގާޑު ހާބަކްރާފްޓް ލޯންޗު އެ ސަރަހައްދަށް ގޮސް، ކަނޑުވެފައި ތިބި ހަތަރު މީހުން ސަލާމަތްކުރި ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ، އޭގެ ތެރެއިން ދެ މީހެއްގެ ހާލު ދެރަވުމާ ގުޅިގެން ކޯސްޓްގާޑުން އެ ދެ މީހުން ހދ. ކުޅުދުއްފުއްޓަށް ގެންގޮސްދީފައިވާ ކަމަށެވެ. އެ ދެ މީހުންނަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންދާ ކަމަށް ވެސް ސިފައިން ބުންޏެވެ.

މައުޟޫޢުތަށް