ގެސްޓް ހައުސް ހަދާނީ ޙައްޖަށް ދާން ދައްކާ ފައިސާއަކުން ނޫން, ވިޔަފާރިއަށް ވަންނަނީ ސަރުކާރަށް ލުއިކުރަން: ކޯޕަރޭޝަން
ސަން
7 އޯގަސްޓު 2025 | ބުރާސްފަތި | 11:02
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ގެސްޓް ހައުސް ވިޔަފާރިއަށް ވަނުމަށްޓަކައި ކ. މާފުށީގައި ސިޓީ ހޮޓަލެއް އަޅައިދޭނެ ފާރާތެއް ހޯދަން އިއުލާންކޮށްފައި މި ވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އެ މަސައްކަތް ކުރުމަށްޓަކައި ކަމަށް އެ ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.
މިކަން ކުރަން އުޅޭކަން ކުރިން އިއުލާންކުރުމާ އެކު, ޙައްޖު ކޯޕަރޭޝަނުން ގެސްޓް ހައުސް ވިޔަފާރިކުރުމުގެ ނަތީޖާ ރަނގަޅު ނުވާނެކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އޭރު ވަނީ ވިދާޅުވެފައެވެ. އަދި، ޙައްޖަށް ދިއުމަށް މީހުން ދައްކާ ފައިސާ ބޭނުންކޮށްގެން ކޯޕަރޭޝަނުން ގެސްޓް ހައުސް ހިންގަން އުޅެނީއޭ ބުނެ މީހުން އަންނަނީ ފާޑުކިޔަމުންނެވެ.
://../209599 މިކަމާ ގުޅޭގޮތުން "ސަން"އިން ސުވާލުކުރުމުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް މިއަދު ވިދާޅުވީ، މިއީ ފިނޭންސް މިނިސްޓްރީން މަނާ ނުކުރާ ވިޔަފާރިއަކަށް ވާތީ އެކަން ކުރުމަށް އެ ކޯޕަރޭޝަނުން ނިންމީ ސަރުކާރަށް ބަރޯސާވާން ޖެހޭ މިންވަރު ކުޑަ ކުރުމަށްޓަކައި ކަމަށެވެ.